ރަށުގައި ހިދުމަތްތައް ފުރިހަމަ ކޮށްދޭއިރު ހިޖުރަ ކުރުން ނުހުއްޓޭ ސަބަބު ދެނެގަންނަން ޖެހޭ: ނަޝީދު

އަތޮޅުތެރޭގައި ހުރިހާ ހިދުމަތްތައް ފުރިހަމަ ކޮށްދޭއިރުވެސް މާލެއަށް މީހުން ހިޖުރަ ކުރުން ނުހުއްޓުވޭ ސަބަބު ދެނެގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ...

06 Sep 2022 | 05:56

އަތޮޅުތެރޭގައި ހުރިހާ ހިދުމަތްތައް ފުރިހަމަ ކޮށްދޭއިރުވެސް މާލެއަށް މީހުން ހިޖުރަ ކުރުން ނުހުއްޓުވޭ ސަބަބު ދެނެގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ސްޓެލްކޯ އާއި ފެނަކައިން ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ރަށްރަށާއި މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލް ކުރަމުން ގެންދާ ރޭޓާއި ބޭންޑު ކުރުންތަކުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލައި ހަމަ ހަމަ ކުރުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. މި ގަރާރު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.

ނަޝީދު ވިދުވީ ކުރިޔާ ހިލާފަށް ސަރުކާރުން ދަނީ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި އަތޮޅުތެރޭގައި އަސާސީ ހައްގުތަަ ފުރިހަމަކޮށްދެމުން ކަމަށެވެ. އެއީ އަތޮޅުތެރެއާ މާލޭގައި ހިދުމަތްތަކުގެ ފެންވަރު ހަމަހަމަ ކޮށްދީ ޒަމާނުންސުރެ އޮންނަ ތަފާތު ކުރުންތައް ނައްތާލުމަށެވެ

އެކަމަކު އަދިވެސް ހިޖުރަ ކުރާ މީހުންގެ އަދަދަށް އެއްވެސް ވަރެއްގެ ބަދަލެއް ނާންނަ ކަމަށެވެ. އެހެންވެ އެ ސަބަބު ދެނެގަންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ދެކެވަޑައިގެންނަވާ ގޮތުގައި މާލެއަށް މީހުން ހިޖުރަ ކުރަނީ ރަށްފުށުގެ ދިރިއުޅުމުގައި އުޅެން ބޭނުން ނުވާތީ އެވެ. މިހާރުގެ ޒުވާން ޖީލު ބޭނުންވަނީ ޒަމާނީ ހިޔާލުތަކާއި ކަންކަމުގެ ތެރޭގައި އުޅެން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް