އެމްޓީސީސީގެ އާރްޓީއެލް ނެޓްވޯކުން މާލޭގައި އާންމު ބަހުގެ ހިދުމަތް ފެށުމާއެކު ޓެކްސީ ޑްރައިވަރުން އެ ޑްރައިވަރުންގެ ކަންބޮޑުވުން ހިއްސާކޮށްފިއެވެ.
އެގޮތުން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ ޑްރައިވާސް ޔޫނިއަން އޮފް މޯލްޑިވްސް އިން ބުނެފައިވަނީ އެކަށީގެން ރަނގަޅު އިތުބާރު ހިފޭ ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތެއް އާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ކޮށްދިނުން މުހިންމު ކަމެއް ކަމަށާއި އެހެން ނަމަވެސް އެހެންމީހުންގެ ހައްގުތަކަށް ދަތިކަމާއި އުނިކަމެއް ލިބޭގޮތަށް، މާލޭގެ ހަލަބޮލި މާހައުލަށް މަގުތަކަށް ނުކަތާ ވަރުގެ ބަސްތަކެއް ގަދަކަމުން ފައްތައިގެން ނަމެއްގަ ރަގަޅު ޚިދުމަތެއް ދޭން އުޅުން ބުއްދިވެރި އެއް ނޫން ކަމަށެވެ.
"އަމިއްލަ ވަކިވަކި ފަރުދުން ތަކެއް އަމިއްލަ އަށް ބޮޑު ހޭދަކޮށްގެން އަމިއްލަ އަށް ކާރު ގަނެގެން ޚިދުމަތް ފޯރުކޮށްދީގެން އާމްދަނީ ހޯދާޓެކްސީ ޚިދުމަތަކީ ސަރުކާރުން ފޯރުކޮށްދޭ ޕަބްލިކް ޓްރާންސްޕޯޓް ކަމަށް ރައްޔިތުންނަށް ވިސްނޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އަމަލުތައް ބެހެއްޓުން ވެސް ބުއްދިވެރި އެއް ނޫން" އެ ޔޫނިއަނުން ބުނެފައިވެއެވެ.
އެ ޔޫނިއަނުން ފާހަގަކޮށްފައިވާގޮތުގައި ބަހުގެ ޚިދުމަތުގެ އަގު އެމް.ޓީ.ސީ.ސީން، ފްލައިޓް ތަކުގެ ޓިކެޓް އަގު މޯލްޑިވިއަން އިން، ރައްރަށަށް ދަތުރު ކުރާ ލޯންޗް ފެރީ ތަކުގެ ޓިކެޓް އަގު ލޯންޗް އޮޕަރޭޓް ކުރާ ފަރާތުން، މަސްދަތުރު ދާން ލޯންޗް އަށް ގުޅާލީމަ ކެޕްޓަން ވިސްނާލާފަ އަގެއް ކަނޑައަޅާއިރު ރެސްޓޯރަންޓް ތަކުން ދޭ ޚިދުމަތުގެ އަގު ކަނޑަ އަޅަނީ އިކޮނޮމިކް މިމިސްޓްރީ އަކުން ނޫން ކަމަށެވެ. އެ ރެސްޓޯރެންޓަކުން ކަމަށެވެ.
ކްލިނިކް ތަކާ ހޮސްޕިޓަލް ތަކުމް ދޭ ޚިދުމަތް ތަކުގެ އަގު ކަނޑައަޅަނީ ހެލްތް މިނިސްޓްރީ އަކުންވެސް ނޫން ކަމަށާއި ހޮސްޕިޓަލް އާ ކްލިނިކް ތަކުން ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ފަރުދުންގެ ޓެކްސީ ވިޔަފާރި ޚިދުމަތް އަގު ކަނޑައަޅަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ކަމަށާއި އެވެސް ޤާނޫނުތަކާ ފުށުއަރާގޮތަށް ހަދާފަ އޮތް ދޯހަޅި ގަވައިދަކުން ކަމަށް އެ ޔޫނިއަނުން ބުނެފައިވެއެވެ.
ޑްރައިވަރުންގެ ޔޫނިއަނުން ދޭ ހިޔާލެއްގެ ގޮތުގައި ބުނެފައިވަނީ އެމް. ޓީ. ސީ. ސީ އަށް ގެންނަން ވީ 10,000 ވަރަކަށް ކުރޮޅި ކަމަށާއި އެމް.ޓީ.ސީ.ސީ މުއައްޒަފުން ލައިގެން 24 ގަޑިއިރު އޮޕަރޭޓް ކުރަންވީ ކަމަށެވެ. އޭރުން ހަނި ގޯޅި ތަކަށްވެސް ޗޫސް ޗޫސް ލާފަ ވަދެލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް