އިތުރު 120 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 120 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވް ވި 120 މީހުންގެ ތެރޭގައި ހިމެނެނީ މ...

06 Sep 2021 | 17:04

އިތުރު 120 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވް ވި 120 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 30 މީހަކާއި އަތޮޅު ތެރެއިން 70 މީހަކާއި ރިސޯޓުތަކުން 20 މީހުން ކަމަށެވެ.

ފާއިތުވި 24 ގަޑި އިރު، 5،228 ސާމްޕަލް ވަނީ ކޮވިޑަށް ޓެސްޓު ކޮށްފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 82،099 އަށް ވަނީ އަރާފަ އެވެ.

20 މީހުން އެޑްމިޓްކޮށްގެން ފަރުވާދެމުން ދާ އިރު، މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދަކީ 2،64 އެވެ.

މި ބަލީގައި 227 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް