ރާއްޖެއިން ކޮވިޑު ޖެހިގެން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު މަރުވެފައިވަނީ ޢުމުރުން 80 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ މިއަދު ހަވީރު 03:35 ގައި ކަމަށެވެ.
މިއީ ހުުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
މިއަދަދާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ227 އަށް އަރާފަ އެވެ. އަދި މިއީ ކޮވިޑު ޖެހިގެން މި ސެޕްޓެމްބަރ މަހު މަރުވި ފުރަތަމަ މީހާ އެވެ.
ރާއްޖެއިން ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 208 ދިވެހިންނާއި 19 ބިދޭސީން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް