ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ހާލު ދެރަވެގެން ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މިއީ މާލެ އަތޮޅު އެނބޫދޫ ފަޅު ކައިރިން ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއެއް ކަމަށެވެ. އަދި އޭނާގެ ހާލު ދެރަވެ، ޞިއްޙީ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ އިދާރާ އިން ބުނީ "ސަފާރީ ޕެރަޑައިވް" ނަމަކަށް ކިޔާ ސަފާރީގައި ހުރި އުމުރުން 49 އަހަރުގެ ޖަރުމަން ފަތުރުވެރިޔާ ހާލު ދެރަވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 14:10 ހާއިރު ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ އެ ސަފާރީ އޮތް ސަރަޙައްދަށް ގޮސް ހާލު ދެރަވި ފަތުރުވެރިޔާ، މިއަދު 15:15 ހާއިރު މާލެ ގެނެސްދީފައިވާ ކަމަށް ވެސް ބުންޏެވެ.
މި ފަތުރުވެރިޔާއަށް ސިއްޙީ އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް