އަލިފުށީ އަދި ފުނަދޫ ދާއިރާގެ ރަށްތަކަށް ރައީސް ޒިޔާރަތްކުރައްވަނީ

ރ. އަތޮޅަށާއި ށ، އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ...

06 Sep 2021 | 10:28

ރ. އަތޮޅަށާއި ށ، އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަލިފުށީ ދާއިރާގެ އަލިފުށި، ވާދޫ، ރަސްގެތީމް، އަނގޮޅީމަށާއި ފުނަދޫ ދާއިރާގެ ފުނަދޫ، ޅައިމަގު، މާއުނގޫދޫ އަށް ރައީސް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި މި ދަތުރުގައި އެމަނިކުފާނު ށ، ފޯކައިދޫއަށް ވެސް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

https://twitter.com/MvSpokesperson/status/1434819072219238405/likes

މި ދަތުރުފުޅުގައި އެމަނިކުފާނު ރަށްރަށުގެ މުވައްސަސާތަކާއި ބައްދަލުކުރައްވައި ހުރި ގޮންޖެހުންތަކާއި ދަތިތައް އަދި ބޭނުންވާ ކަންކަން އޮޅުންފިލުވާނެއެވެ.

މީގެ އިތުރުން ރައްޔިތުންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ރަށްރަށުގެ ހާލަތު ބައްލަވާ ދިމާވެފައިވާ މައްސަލަތައް އެމަނިކުފާނު ހޯއްދަވާނެ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް