އެލްޖީއޭގެ ބޯޑަށް ކަނޑައަޅާ މެމްބަރުންނަށް ރުުހުންދީފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. 3 ދާއިރާއަކުން ކަނޑައެޅުމަށް ހުށަހެޅި 5 ބޭފުޅުންގެ ތެރޭގައި ހިމެނ...

06 Sep 2021 | 09:03

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

3 ދާއިރާއަކުން ކަނޑައެޅުމަށް ހުށަހެޅި 5 ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަންހެން ބޭފުޅުންނެވެ. މިބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިންޓަރވިއު ކުރެއްވި ބޭފުޅުންގެ ތެރެއިން ތަޅުމަށް ފޮނުވުނު 3 ނަމަށް ވަނީ ވޯޓަށް އަހާފައެވެ.

އެލްޖީއޭގެ ބޯޑަށް ޖެންޑާ އިކުއަލިޓީގެ ދާއިރާއިން އައްޔަންކުރި އަޒްހާ ޒަމީރު، މ. ލިލީޒް އަށް ރުހުން ލިބުނީ 43 މެންބަރުންގެ ވޯޓުންނެވެ.

ބޯޑަށް ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބޯޑަށް އައްޔަންކުރި ފާތިމަތު ނިއުމާ، ގ. ހީމާލީގެ އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 43 މެންބަރުންގެ ވޯޓުންނެވެ. އަދި މަދަނީ ޖަމިއްޔާތައް ތަމްސީލްކުރާ މެމްބަރެއްގެ ފާތިމަތު ޒީނާ އަލީ، ހ. ރައިޒިން ސަން އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 42 މެންބަރުންގެ ވޯޓުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކުލެވިގެން ވަނީ 9 މެމްބަރުންގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް