ސްކޫލް ދަރިވަރުންގެ އިސްލާމް އަދި ޤުރުއާން މާއްދާ ފޮތްތަކުގައި ކުށް ހުރެގެން މިދިޔަ ދެތިން ދުވަހު މައްސަލަ އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ދެ މާއްދާގެ ހުރިހާ ފޮތްތަކެއް އަލުން ރިވިއު ކުރަން ނިންމާފަ އެވެ. އެކަމުގައި އިހުމާލުވި މީހުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގަ ދީނީ އިލްމުވެރިންނާއި އިދިކޮޅުގެ ފާޑުކިޔުންތަކުން އެޑިއުކޭޝަން މިނިސްޓްރީއަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި އިއްޔެ ވިދާޅުވީ ތައުލީމާ ބެހޭ ވުޒާރާއިން އިން ފޯރުކޮށްދިން އެތައް ގްރޭޑެއްގެ ފޮތްތަކުގައި ކުށް ހުރުމުން އެނގެނީ އޮޑި ފެތެމުންދާ މިންވަރު ކަމަށެވެ. އަދި މުޅި ދާއިރާ އޮތީ ބޮއްސުން ލާފަކަން އެކަމުން އެނގިގެންދާ ކަމަށް ވިދާޅުވެފައިވެ އެވެ.
އަދި ސަރުކާރަށް ލިބުނު ފުރުޞަތުން ކުރީ ކޮންކަމެއްތޯ ޖަމީލް ސުވާލު ކުރައްވާފައިވެ އެވެ. އިތުރަށް ވިދާޅުވެފައިވަނީ ބަލަންޖެހޭ ކަންތައް ދޫކޮށްލައި ކަމާބެހޭ ވެރިން އުޅުއްވީ ސެލްފް ޕްރޮމޯޝަންގައި ކަމަށެވެ.
https://twitter.com/MJameelAhmed/status/1434440002973290507
ފޮތްތަކުގައި ކުށްހުރި މައްސަލައިގަ މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮތްތައް ޗާޕުކުރި ތާރީހުތައް ހާމަކުރި އިރު ގްރޭޑް އެކެއްގެ ފޮތް ފިޔަވާ މައްސަލަތައް ހުރި ހުރިހާ ގްރޭޑެއްގެ ފޮތްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕްރިންޓުކޮށް ބޭނުން ކުރަން ފަށާފައިވާ ފޮތްތަކެވެ.
އެހެން ކަމުން މިހާރު ޑރ. ޖަމީލް ކުރެއްވި ޓުވީޓު އަމާޒުވަނީ އެމަނިކުފާނު އަރާ ހުންނެވި އޮޑިއަށެވެ. ޖަމީލަށް ވިދާޅުވެފައިވަ އެވަނީ ރައީސް ޔާމީންގެ އޮޑިފެތުނީ ވެރިން އަމިއްލައަށް ޕްރޮމޯޓުވާން އޭރު މަސައްކަތް ކުރުމުން މުހިންމު ދާއިރާތައް ބޮއްސުންލައި އޮޑި ފެތުނުވާހަކަ ކަމަށް ވެދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް