ކަރީނާ ކަޕޫރު ދެ ދަރިން ބަލަން ގެންގުޅޭ މީހުންގެ އަދަދު ގިނަ ކަމުން ފާޑުކިޔަން ފަށައިފި އެވެ.
ކަރިނާގެ ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ހާން ލިބިފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރުގައި އެވެ. ތައިމޫރު ބަލަން އޭނާ ގެންގުޅެނީ މެދު އުމުރުގެ އަންހެނެކެވެ. އަދިވެސް އެމީހާ ތައިމޫރު ބަލަން ގެންގުޅޭއިރު ތައިމޫރު ވިހޭންސުރެ މިހާތަނަށްވެސް ތައިމޫރު ބެލުމުގެ މާބޮޑު ރޯލެއް ކަރީނާ އަދާ ނުކުރާ ކަމަށްބުނެ ފާޑުކިޔަ އެވެ.
އޭގެ ފަހުން ދެވަނަ ދަރިފުޅު ޖެހަންގިރް އަލީ ހާން (ޖޭ) ވިހެއީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ކުއްޖާ ވަރަށް ސިއްރުން ގެންގުޅުމަށް ފަހު އާންމުންނަށް ފެންނަން ފެށީ މިދިޔަ މަހު އެވެ. މިހާރު ކަރީނާ ޖޭ އާއި ތައިމޫރު ގޮވައިގެން އާންމު ތަންތަނަށް ނުކުންނަށް ފެށުމުން ގިނަބައެއްގެ ލޮލުގައި އަޅައިގަންނަނީ އެ ދެކުދިންނާއި ކަރީނާއަށްވުރެ އެ ކުދިން ބަލަން ގެންގުޅޭ މީހުންގެ އަދަދެވެ.
އެންމެ ފަހުން މިދިޔަ ހަފްތާ ބަންދުގައި އާއިލާ ގެއަކަށް ކަރީނާ ދެ ދަރިން ގޮވައިގެން ދިޔަ އިރު ތައިމޫރު ބަލަހައްޓާ މިހާގެ އިތުރުން ޖޭ ބަލަން ހާއްސަ ޒުވާން އަންހެނަކު އުޅުނެވެ. ކަރީނާ ޖޭ އުރައިގެން ހުރި އިރު ދަބަސްތައް ހިފައިގެން ހުރީ އެ ޒުވާން އަންހެނާއެވެ.
ކަރީނާ ޖޭ ގޮވައިގެން ދިޔައިރު އެ ދެމީހުން އުޅުނީ ތައިމުރު ކޮންޓްރޯލް ނުކުރެވިގެންނެވެ. އެ ދެމީހުން އެކަންޏެއް ނޫންނެވެ. މިހާރު އިތުރު އަންހެނަކާއި ދެ ފިރިހެނުންވެސް އެ ދެކުދިން ބެލެހެއްޓުމުގައި އުޅޭ ކަމަށްވެ އެވެ. އެހެން ކަމުން ޖުމްލަ އެ ދެކުދިން ބެލެހެއްޓުމަށް ކަރިނާ އާއި ސައިފް އަލީ ހާން ފަސް މުވައްޒަފުން ގެންގުޅެ އެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކީ ގިނަ މީހުން ވަނީ ގިނަ މުވައްޒަފުން ގެންގުޅީ ފައިސާ ހުރީމަ ތަޅާ ބުރުވަންތޯ ސުވާލުކޮށްފަ އެވެ. އަދި އަމިއްލައަށް ދަރިން ނުބެލޭ ހާލުގައި ހޯދަނީ ކީއްކުރަންތޯ ސުވާލު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް