ވެރިފަރާތަށް ނޭނގި އެހެން މީހެއްގެ އެކައުންޓަށް 180،000 ރުފިޔާ ފޮނުވި އަންހެނަކު ހޯދަނީ

އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެހެން މީހެއްގެ އެކައުންޓަށް ފައިސާ ފޮނުވި މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ. ފުލުހުން މިއަދު ވަނީ އެމީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައި އެވެ. އއެ ވީޑިއޯއިން ފެންނަނ...

06 Sep 2021 | 06:02

އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެހެން މީހެއްގެ އެކައުންޓަށް ފައިސާ ފޮނުވި މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފުލުހުން މިއަދު ވަނީ އެމީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައި އެވެ. އއެ ވީޑިއޯއިން ފެންނަނީ ރެސްޓޯރެންޓެއްގެ ތެރެއިން އަންހެނަކު ނުކުމެގެން އަންނަތަނެވެ.

ފުލުހުން ބުނީ ވިޑިއޯ އިން ފެންނަ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން 180،000 ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މީހެއްކަމަށެވެ. އެ މައްސަލައާއި ގުޅިގެން އެމީހާ ހޯދުމަށް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އެހެންވެ މިމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި އެމައުލޫމާތު ހިއްސާ ކުރުމަށް އެދިފަވެ އެވެ.

https://www.youtube.com/watch?v=zSgETn18I2M&t=3s

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް