ގައުމެއް ބިނާ ކުރުމުގައި ތައުލީމީ ކަންކަމުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ އެދިވަޑައިގެންފި އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެކި ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން މާއްދާގެ ފޮތްތަކުގައި ކުށް ހުރި މައްސަލަ ފެންމަތިވެފައިވާ މައްސަލަައިގާ އެޑިއުކޭޝަން މިނިސްޓްރީން މިހާރުކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ ކުށެއް ހުރުމުން އެކަން ސޯޝަލް މީޑިއާގައި ހާމަކުރުމަކީ ރާއްޖޭގެ ތައުލީމާއިމެދު ބެލެނިވެރިންގެ މެދުގައި އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.
އެހެންކަމުން މިފަދަ ކަންކަން ނުކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިއީ އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ނޫން ކަމަށާއި މިކަން ތަޢުލީމީ ކަންކަން ސިޔާސީ ނުކުރުމަށް ވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް