އަފްގާނިސްތާނުގައި މިހާތަނަށް ތޯލިބާނުންގެ ބާރުގެ ދަށަށް ނުގެންދެވި އޮތް ހަމަ އެކަނި ޕްރޮވިންސް ކަމަށްވާ ޕަންޖްޝީރް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފިކަން ިއިއުލާނުކޮށްފި އެވެ.
އެ ޕްރޮވިންސްގެ ކޮންޓްރޯލް ތޯލިބާނުންނަށް ނެގިކަން އެ ޖަމާއަތުގެ ތަރުޖަމާޏު ޒަބީހުﷲ މުޖާހިދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ތޯލިބާނުންގެ އަތްދަށަށް ޕަންޖްޝީރް ޕްރޮވިންސް ގެންގޮސްފައި މިވަނީ އިދިކޮޅު ހަނގުރާމަވެރިންނާއި ދެމެދު ހަތަރު ދުވަސް ވަންދެން ކުރެވުނު ވަރުގަދަ ހަނގުރާމައަށް ފަހު އެވެ.
އެ ޖަމާއަތުން މިހާރު ދަނީ އެ ޕްރޮވިންސްގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، އިދިކޮޅު ހަނގުރާމަވެރިން ނެތްކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެޖަމާއަތުން މިހެން ބުނި ނަމަވެސް އެކަން ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ޕަންޖްޝީރްގައި ބައިނަލްަގުވާމީ އެއްވެސް ނޫސްވެރިއަކު ނެތުމުން، އެ ހަނގުރާމައާ ބެހޭ ގޮތުން ލިބެމުންދާ މައުލޫމާތަކީ ތޯލިބާނުންގެ ތަރުޖަމާނު ނުވަތަ ެ ޕްރޮވިންސްގެ ހަނގުރާމަވެރިންގެ ތަރުޖަމާނު ދޭ މައުލޫމާތެކެވެ. ޕަންޖްޝީރް ޕްރޮވިންސްގެ ހަނގުރާމަވެރިން ބުނާގޮތުގައި އެތަން ހިފުނު ކަމަށްބުނެ ތޯލިބާނުން ހަދަނީ ދޮގެކެވެ.
ހަނގުރާމަވެރިން ބުނެފައިވާގޮތުގައި ތޯލިބާނުން އެ ޕްރޮވިންސް ހިފަން ކުރާ ހަނގުރާމައިގަ ގިނަ ބަޔަކު މަރުވެފައިވާއިރު އެތައް ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރަކޮށްފައިވެ އެވެ. ހަނގުރާމަވެރިން ބުނީ އެމީހުން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފަިއިވަނީ ޖަންގަލީގެ ތެރެއިން އެ ޕްރޮވިންސަށް ހަމަލާދޭން އުޅުމުން މަކަރުވެރި މަޅިއެއްގަ ބައްދާފަ އެވެ.
ޕްންޖްޝީރް ޕްރޮވިންސްއަކީ ތޯލިބާނުން1996-2001 އަށް އަފްގާނުގައި ވެރިކަން ކުރިއިރުވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދެވިފައިވާ ސަރަހައްދެއް ނޫނެވެ.
އެ ޕްރޮވިންސްގެ ހަނގުރާމަވެރިންގެ ވެރިއަކީ އެ ޕްރޮވިންސްގެ ކުރީގެ ވެރިޔާ އަހްމަދު ޝާހް މަސްއޫދުގެ ފިރިހެން ދަރި އަހްމަދު މަސްއޫދެވެ. ޝާހު މަސްއޫދު މަރާލީ ތޯލިބާނުން ދިން ހަމަލާތަކެއްގައި އެވެ.
މިހާރު އޭނާއަށް ވަފާތެރި އެތައް ހަނގުރާމަވެރިންގެ ތެރޭގައި އަފްގާން ސިފައިންވެސް ހިމެނެ އެވެ. ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފުމާއެކު، އެ ގައުމުގެ ސަރުކާރުގެ ސިފައިންގެ ތެރެއިން ގިނަ ބަޔަކު ވަނީ، އެމީހުންގެ ހަތިޔާރާއެކު ޕަންޖްޝޭރް ވާދީ އަށް ގޮސް، އެ ވާދީގެ ހަނގުރާމަވެރިންނާ ގުޅިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް