ށ. ފޭދޫ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެކުންފުނިން ބުނީ އެ މަސައްކަތް ފެށުމަށް ބޭނ...

06 Sep 2021 | 03:36

ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެކުންފުނިން ބުނީ އެ މަސައްކަތް ފެށުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިދިޔަ ހޮނިހިރު ދުވަހު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު މަސައްކަތްތަކުގެ ތެރެއިން އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާ ކަމަށް ބުނެ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ ކަމަށެވެ.

މީގެ އިތުރުން 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ. އެމްޓީސީސީން ބުނީ މަޝްރޫއުގެ ދަށުން 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުންވެސް ހިމެނޭ ކަމަށެވެ.

މި މަޝްރޫޢަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް