މާލެއިން އަންހެން ވަގަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވަޑާން ކުރާ ސާމާނުތަކަކާއެކު 31 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިއަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސައިކަލެއްގައި ނަލަހިޔާ ...

06 Sep 2015 | 12:52

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވަޑާން ކުރާ ސާމާނުތަކަކާއެކު 31 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސައިކަލެއްގައި ނަލަހިޔާ ކައިރިން އައިސް ޓްރެފިކް ނިޝާންތަކާއި ހިލާފަށް އޯކިޑްމަގަށް އެޅުމުން ހުއްޓުވައި އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އޭނާ އެވަގުތު ގެންގުޅުނު ދަބަސް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކެއް ފެނުމާއި ގުޅިގެން މި ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތީގެ ތެރޭގައި ހިމެނެނީ ޖިގްސޯ އަކާއި ކަޓްއޯފް އެއްގެ އިތުރުން ބުރުމާއެއް ކަމަށާއި މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަންހެން މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް