ޒަހާ އަދި ނާދިރާގެ މަގާމް ދަށްކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދާއި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ނާދިރާގެ މަގާމް ދަށްކޮށްފި އެވެ. ދުވަހަށް މައުލޫމާތ...

06 Sep 2015 | 11:58

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދާއި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ނާދިރާގެ މަގާމް ދަށްކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ދެބޭފުޅުންގެ މަގާމް ދަށްކޮށްފައި ވަނީ މިއަދު ހެނދުނު އެވެ. މައުލޫމާތު ހޯދާލުމަށް ޖެންޑާ އަދި ފިޝަރީޒް މިނިސްޓްރީގެ އިސް ދެ ބޭފުޅަކަށް  ގުޅާލުމުން ފިޝަރީޒް މިނިސްޓްރީން ދުވަހަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ ޒަހާ ބަދަލުކޮށްފައިވަނީ އެ ފިޝަރީޒްގެ އެގްސެކެޓިވް ކޯޑިނޭޓަރުގެ މަގާމަށް ކަމަށެވެ. ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ ނާދިރާގެ ބަދަލުކޮށްފައިވަނީ ކޯޑިނޭޓަރުގެ މަގާމަށް ކަމަށެވެ.

ދުވަހަށް މައުލޫމާތު ދިން ދެ މަސްދަރުންވެސް ވިދާޅުވީ ޒަހާ އަދި ނާދިރާއަކީވެސް މުވައްޒަފުންނާ ވަރަށް ގުޅޭ އަދި މަސައްކަތަށް ވަފާތެރި ހަވާލުކުރާ މަސައްކަތެއް ވިއްޔާ ބަރާބަރަށް ނިންމާ ދެ ބޭފުޅުން ކަމަށެވެ. ނަމަވެސް ކުށްލިއަކަށް ގެނައި މި ބަދަލު ގެނައި ކޮން ސަބަބަކާ ހުރެކަން ބުނަން ނޭނގޭ ކަމަށްވެސް ދުވަހަށް މައުލޫމާތު ދިން މަސްދަރުތަކުން ހާމަ ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް