އެސްޓީއޯއިން ގެންނަ ގޮދަން ފުށުގައި ކެމިކަލެއް އެކުލެވޭ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަ އެ ކުންފުނިން ދޮގު ކޮށްފި އެވެ.
މިކަމާއި ގުޅޭގޮތުން އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން އެތެރެކުރާ ކާޑު އަދި ކާބޯތަކެތީގެ ބާވަތްތައް އެތެރެ ކުރެވެމުންދަނީ ވަކި މިންގަނޑުތަކެއްގެ ދަށުން، ކަމާބެހޭ އިދާރާތަކުގެ ހުއްދައާއި އެކުގައި ކަމަށެވެ.
އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މެސެޖަކީ އެ ކުންފުނިން ނެރެފައިވާ މެސެޖެއް ނޫން ކަމަށްވެސް އެސްޓީއޯގެ ނޫސް ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް