42000 ވަޒީފާގެ ތަފްސީލް ހޯދުމަށް އެދި މަހްލޫފްގެ ސިޓީއެއް ރައީސް ޔާމީން އަށް

މިހާރު 50،000 ވަޒީފާ އުފައްދަވާ އޭގެ ތެރެއިން 4200 ވަޒީފާއަށް މިހާރު ޒުވާނުން ނިކުންނަމުންދާކަމަށް ރައީސް ރައީސް ޔާމީން ވިދާޅުވުމުން އެ ވަޒީފާތަކުގެ ތަފްސީލް ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އ...

06 Sep 2015 | 08:54

މިހާރު 50،000 ވަޒީފާ އުފައްދަވާ އޭގެ ތެރެއިން 4200 ވަޒީފާއަށް މިހާރު ޒުވާނުން ނިކުންނަމުންދާކަމަށް ރައީސް ރައީސް ޔާމީން ވިދާޅުވުމުން އެ ވަޒީފާތަކުގެ ތަފްސީލް ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް، ރައީސް ޔާމީން އަށް ސިޓީ އެއް ފޮނުއްވައިފި އެވެ.

އެ ސިޓީގައި މަހުލޫފު ވިދާޅުވެފައި ވަނީ "50،000 ވަޒީފާ އުފައްދަވާ، އޭގެތެރެއިން 42،000 ވަޒީފާއަށް މިހާރުން ޒުވާނުން ނިކުންނަމުން ދާކަމަށް، ރޭ ބޭއްވުނު ޕީޕީއެމްގެ މަހާސިންތާގައި މަނިކުފާނު ވިދާޅުވެފައިވާތީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އުފާވެ ފަހުރުވެރި ވާ ވާހަކަ ދަންނަވާ" ކަމަށެވެ. އަދި " ތިޔަ އަދަދަށް ވަޒީފާއަށް ޒުވާނުން ނިކުންނަމުން ދާނަމަ، މަނިކުފނާއި އަދި އެންމެހާ ދިވެހި ރައްޔިތުންވެސް ފަހުވެރިވެރި ވާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް"ވެސް މަހުލޫފުގެ ސިޓީގައި ވެ އެވެ.

"އެހެންކަމަށް ވުމާއެކު މަނިކުފާނުގެ ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ތިޔަ އުފައްދަވާދެއްވި ވަޒީފާގެ ސީދާ އަދަދާއި، ކޮން ދާއިރާތަކަކުންކަން އެނގޭނެގޮތް އަޅުގަނޑަށް އަދި ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުން އެދެން" މަހްލޫފްގެ ސިޓީގައި ވެ އެވެ.

ވަޒީފާއަށް ނުކުންނަމުންދާ 42،000 ޒުވާނުންގެ ފުރިހަމަ ނަމާއި، ރަށާއި އެޑްރެސް އެނގޭނެ ތަފްސީލު ލިސްޓެއް އާންމުކޮށްދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އެދުމެއް ކަމަށްވެސް މަހްލޫފްގެ ސިޓީގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް