މާލެ-ހުޅުމާލެ ބްރިޖްގެ ޑިޒައިން މާދަމާރޭ ދައްކާލަނީ

މާލެއާއި ހުޅުމާލެއާ ދެމެދުގައި އަޅާ ބްރިޖްގެ ޑިޒައިން މާދަމާރޭ ދައްކާލަން ނިންމައިފި އެވެ. މޯލްޑިސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ ފަރާތުން އިންތިޒާމްކުރާ މި އިވެންޓް ބޭއްވުމަށް...

06 Sep 2015 | 06:21

މާލެއާއި ހުޅުމާލެއާ ދެމެދުގައި އަޅާ ބްރިޖްގެ ޑިޒައިން މާދަމާރޭ ދައްކާލަން ނިންމައިފި އެވެ.

މޯލްޑިސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ ފަރާތުން އިންތިޒާމްކުރާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވާ ވަނީ މާދަމާރޭ ރާޅުގަނޑު ސަރަހައްދުގައެވެ.

މާދަމާރޭ 20:30 ގައި ބާއްވާ މި އިވެންޓްގައި ނައިބު ރައީސް އަހުމަދު އަދީބު އާއި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށް ދުވަހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ބްރިޖާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ބްރިޖްގެ ޑިޒައިން ވަރަށް ފުރިހަމަ ކަމަށާއި، އަދި އެއީ ވަރަށް ނަލަ ބްރިޖަށް ވާނެ ކަމަށެވެ.

ބްރިޖް އަޅައި ނިންމަން ޖުމްލަ 300 މިލިއަން ޑޮލަރު ބޭނުންވާއިރު، ޗައިނާއިން ވަނީ އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ޗައިނާގެ ހިލޭ އެހީގެ ގޮތުގައި ދޭން ވަނީ ނިންމާފަ އެވެ.

ބްރިޖްގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރު ފަހުކޮޅު ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް