އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކަޑެމީގައި ކޮންމެ އަހަރަކު ބާއްވާ ބާލީހުން ތެޅުމުގެ މިއަހަރުގެ އިވެންޓްގައި 30 މީހަކު ޒަހަމް ވެއްޖެއެވެ.
މި އެކަޑެމީގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި އިވެންޓަކީ މިލިޓަރީއަށް އަލަށް ވަންނަ ކުދިން ތަމްރީނުތައް ނިންމާލުމަށްފަހު ބޯހަމަ ޖައްސާލަން ބާއްވާ އިވެންޓެކެވެ. އެހެން ނަމަވެސް މިއަހަރުގެ އިވެންޓް ހޫނުވީ ކެޑޭޓުން ބާލީސް ތެރެއަށް ހަރު އެއްޗެހި ލައިގެން ކުރިމަތިލުންތައް ހިންގީމައެވެ.
މީޑިޔާގައި އާންމުވެފައިވާ ވީޑީޔޯއަކުން ކެޑޭޓުން އާރމާ އާއި ހެލްމެޓް އަޅައިގެން ތިބެ ބާލީސް ބޭނުން ކޮށްގެން ކުރިމަތިލާތަން ދައްކައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވިކަމުގައިވިޔަސް އެކަކުގެ ފައި ބިންދައިގެން ގޮސްފައިވެއެވެ. މި ހާދިސާ ހިނގި އެކަޑެމީން ބުނެފައިވަނީ މިހާދިސާގައި ޒަހަމްވި ހުރިހާކުދިން ފަރުވާއަށްފަހު އެކަޑެމީއާއި އަލުން ގުޅިފައިވާކަމާއި މިހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް