ސްޓީވް ޖޮބްސް އަކީ އެމެރިކާއަށް ހިޖުރަ ކުރި ސީރިޔާ މީހެއްގެ ދަރިއެއްކަންއެނގޭތަ؟

ދުނިޔޭގެ މޯބައިލް ފޯން އަށް އިންގިލާބެއް ގެނުވި، އަދި ދުނިޔެ ދުތް އެންވެ ވަރުގަދަ އެއް ޝަހުޝިއްޔަތު، އެޕަލްގެ ފައުންޑަރ ސްޓީވް ޖޮބްސް އަކީ އެމެރިކާއަށް ހިޖުރަކުރި ސީރިޔާ މީހެއްގެ ދަރިއެއްކަން އެނގޭހެއ...

06 Sep 2015 | 03:30

ދުނިޔޭގެ މޯބައިލް ފޯން އަށް އިންގިލާބެއް ގެނުވި، އަދި ދުނިޔެ ދުތް އެންވެ ވަރުގަދަ އެއް ޝަހުޝިއްޔަތު، އެޕަލްގެ ފައުންޑަރ ސްޓީވް ޖޮބްސް އަކީ އެމެރިކާއަށް ހިޖުރަކުރި ސީރިޔާ މީހެއްގެ ދަރިއެއްކަން އެނގޭހެއްޔެވެ ؟

ސްޓީވްސް ޖޮބްސްގެ ބައްޕަ އަބްދުލް ފައްތާހް ޖަންދަލީ އަކީ ސީރިޔާގެ ހޮމްސްގެ މުއްސަނދި އާއިލާއަކަށް އުފަންވި ދަރިއެކެވެ. އުމުރުން 18 އަހަރުގައި ޖަންދަލީ ސީރިޔާ ދޫކޮށް ލުބުނާނު ގެ ބެއިރޫތަށް ދިޔައީ ތައުލީމު ހާސިލް ކުރުމަށެވެ. ލުބުނާނުގައި ތައުލީމު ހާސިލްކުރަން ހުރި ދުވަސްވަރު ޖަންދަލީ އަރަބް ނޭޝަނާލިޒްމް އެކްޓިވިސްޓް އަކަށްވެ މަޝްޙޫރު ލިޔުންތެރިއަކަށްވެގެން ދިޔައެވެ. އަދި އޭރުގެ ލެބަނަންގެ ރައީސް، ބަޝެރާ އަލް ޙައުރީގެ ވެރިކަމާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތަކުގައި ބައިވެރިވިއެވެ. މި މުޒާހަރާތަކާއި ގުޅިގެން ޙައުރީ އިސްތިއުފާދިނުމާގުޅިގެން  ބެއުރިޓްގެ ސިޔާސީ މަޝްރަހު ހޫނުވުމާގުޅިގެން ޖަންދަލީއަށް މަޖުބޫރުވީ ހިޖުރަކުރުމަށެވެ. މިގޮތުން 1954 ވަނަ އަހަރު ޖަންދަލީ އެމެރިކާއަށް ހިޖުރަކުރިއެވެ. އެމެރިކާގައި ހުރެގެން ޖަންދަލީ މަތީ ތައުލީމް ހާސިލްކުރިއެވެ.

އެމެރިކާގައި ކިޔަވަމުން ޖަންދަލީ ޖާމަން-ސްވިސް އަންހެނެއްކަމުގައިވާ ކެރޯލް އާއި ލޯބީގެ ގޮތުން ގުޅުނެވެ. ކެރޯލް ޖަންދަލީގެ ދަރިއަކަށް ބަލިވެ އިނުމުން ކެރޯލްގެ ބައްޕަ ޖަންދަލީއާ ކައިވެނި ކުރަން ނުރުހުނެވެ. ކެރޯލް ދަރިވިހެއުމަށްފަހު އެޑޮޕްޓްކުރަން ސޭން ފްރެންސިސްކޯގައި ހަވާލުކުރިއެވެ. އަދި އެމެރިކާގެ ދެމަފިރިއެއްކަމުގައިވާ ޕައުލް އާއި ކާރލާ ޖޮބްސް އެކުއްޖާ އެޑޮޕްޓްކުރިއެވެ. އެކުއްޖާ އަކީ ދުނިޔޭގެ ޓެކޮނޮލޮޖީގެ ދާއިރާ ދުތް އެންމެ ފުންނާބު އުސް އަދި އެންމެ ވަރުގަދަ ޝަހުޝިއްޔަތުކަމުގައިވާ ސްޓީވް ޖޮބްސްއެވެ.

ސްޓީވް ޖޮބްސްއާއި އަދި އޭނަގެ ބައްޕަ ބައްދަލުވެފައެއްނުވެއެވެ. އަދި މިދެމީހުން އެކަކު އަނެކަކުގެ ވާހަކަ ދައްކައެއްވެސް ނޫޅެއެވެ. އެހެން ނަމަވެސް ސްޓީވް ޖޮބްސް ވަނީ އޭނަގެ އަސްލު މަންމައާއި ބައްޕަ އަށް ލިބުނެ އެހެން ދަރިއެއްކަމުގައިވާ، މޮނާއާއި އެއްފަހަރު ބައްދަލުކޮށް ގުޅުންބާއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް