ޖިހާދަށް ދާން އުޅުނު 18 އަހަރުގެ އަންހެން ކުއްޖަކު ސްޕޭނުން ހިފަހައްޓައިފި

ޖިހާދަށް ދާން އުޅުނު މޮރޮކޯއަށް ނިސްބަތްވާ 18 އަހަރުގެ އަންހެންކުއްޖަކު ހިފަހައްޓާފައި ވާކަމަށް ސްޕޭނުގެ ފުލުހުން ބުނެފި އެވެ. ސްޕޭނުގެ ފުލުހުން ބުނެފައިވާގޮތުން އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އ...

06 Sep 2015 | 01:46

ޖިހާދަށް ދާން އުޅުނު މޮރޮކޯއަށް ނިސްބަތްވާ 18 އަހަރުގެ އަންހެންކުއްޖަކު ހިފަހައްޓާފައި ވާކަމަށް ސްޕޭނުގެ ފުލުހުން ބުނެފި އެވެ.

ސްޕޭނުގެ ފުލުހުން ބުނެފައިވާގޮތުން އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އައިއެސް ޖަމާއަތާއި ގުޅެން ދަތުރަށް ހަދަމުން ދަނިކޮށެވެ. އަދި އިތުރު އަންހުނުން އައިއެސްއަށް ރެކްރޫޓް ކުރުމުގެ މަސައްކަތް އެ އަންހެންމީހާ ކޮށްފައިވާކަމަށްވެސް ސްޕޭނުގެ ފުލުހުން ބުނެ އެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެގައުމުގެ ވެލެންސިއާ ކައިރީގައި އޮންނަ ގަންޑިއާ އަވަށުންނެވެ. އެ އަންހެންމީހާ ހައްޔަރުކުރީ ސީރިޔާއަށް ދިއުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވަނިކޮށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ސްޕޭނުގެ ފުލުހުން ވަނީ ޖިހާދަށް ދާން އުޅުނު އަންހެން ކުއްޖަކު މިދިޔަ ޖުލައި މަހުގެ ތެރޭގައިވެސް ހިފަހައްޓާފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސްޕޭނުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ އައިއެސް ޖަމާއަތާ ގުޅުމަށް އެ ގައުމުން ބޭރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް