ޔަމަނުގައި ޔޫއޭއީގެ 45 ސިފައިން މަރުވުމުން އޮބާމާ ތައުޒިޔާ ދަންނަވައިފި

ޔަމަނުގައި ހޫތީންނާއި ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އަރަބި ކޯލީޝަނަށް އަމާޒުކޮށް ހޫތީން ދިން ހަމަލާއެއްގައި އެކުވެރި އަރަބި އިމާރާތުގެ 45 ސިފައިގެން މީހަކު މަރުވެފައިވާއިރު އެކުވެރި އަރަބި އިމާރާތ...

06 Sep 2015 | 01:31

ޔަމަނުގައި ހޫތީންނާއި ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އަރަބި ކޯލީޝަނަށް އަމާޒުކޮށް ހޫތީން ދިން ހަމަލާއެއްގައި އެކުވެރި އަރަބި އިމާރާތުގެ 45 ސިފައިގެން މީހަކު މަރުވެފައިވާއިރު އެކުވެރި އަރަބި އިމާރާތުގެ ޕްރިންސަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ތައުޒިޔާ ދަންނަވައިފި އެވެ.

ޕްރިންސް ޝޭހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަށް އޮބާމާ ތައުޒިޔާ ދަންނަވާފައިވަނީ ފޯނުން ގުޅުއްވަ އެވެ. އޮބާމާގެ ތައުޒިޔާ މެސެޖްގައި އެމެރިކާ ރައްޔިތުންގެ ހެޔޮ ދުއާ ވަނީ މަރުވި ސިފައިންގެ މެމްބަރުންގެ އާއިލާތަކާއެކު ކަމަށް ވިދާޅުވި އެވެ.

ޔަމަނުގައި އަރަބި ކޯލީޝަނުން ގާއިމްވެ ތިބި ކޭމްޕަކަށް އަމާޒުކޮށް ހޫތީން މިސައިލް ހަމަލާއެއް ދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އެ ހަމަލާގައި އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ ސިފައިންގެ 45 މީހަކު މަރުވެފައި ވާއިރު ސައުދީއަށް ނިސްބަތްވާ ސިފައިންގެ 10 މީހަކާއި ބަހްރޭނަށް ނިސްބަތްވާ ސިފައިންގެ ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް