އެމެރިކާއިން އިސްވެ އޮވެ އައިއެސް ނައްތާލަން ކުރަމުން އަންނަ ހަނގުރާމައިގެ ފުރަތަމަ ކޮޅުގައި އެ ހަނގުރާމައިގާ އަމަލީގޮތުން ބައިވެރިވެ އަދި ފަހުން އެއްފަރާތަށް ޖެހިފައިވާ ފްރާންސުން އަނެއްކާވެސް އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފްރާންސްގެ ނޫހަކުން ބުނެފި އެވެ.
މިކަމާއިމެދު ފްރާންސްގެ ސަރުކާރުން ބުނެފައިވަނީ އެ ނޫހުން ދައްކާފައިވާ ވާހަކައާއި ބެހޭގޮތުން އަދި އައިއެސްއާއި ދެކޮޅަށް ހަމަލާ ދިނުމާއި ބެހޭގޮތުން އެގައުމުގެ ރައީސް ފްރާންކޮއިސް އޮލާންޑޭ މާދަމާ ވާހަކަ ދައްކަވާނެ ކަމަށެވެ.
ފްރާންސުން ސީރިޔާގައި އައިއެސްއަށް ދެމުން އައި ހަމަލާތައް މެދުކަނޑާލީ އެ ހަމަލާތަކުގެ ސަބަބުން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ކާމިޔާބީތަކެއް ލިބެމުން އަންނަ ކަމަށް ބުނެ އެވެ.
އެ ނޫހުގައި ބުނެފައިވާގޮތުން ރަޝިޔާއިން ހިޔާލު ބަދަލުކޮށްފައި މިވަނީ ސީރިޔާގައި ރެފިއުޖީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ އެކަމަށް ކޮންމެވެސް ވަރެއްގެ ނިމުމެއް ގެނައުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް