ހުސްގޮނޑި ހިފައިގެން ނިކުތް މީހުން ގާތު ރައްޔިތުން ބުނީ ގެއަށް ވަންނާށޭ، ވައްކަން ކޮށްގެންނޭ ތިހުރީ: އަދުރޭ

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ހުސްގޮނޑި ހިފައިގެން ނިކުތް މީހުންނަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް( އަދުރޭ) ވިދާޅުވެއްޖެއެވެ. މިރޭ ޕީޕީ...

06 Aug 2024 | 18:25

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ހުސްގޮނޑި ހިފައިގެން ނިކުތް މީހުންނަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް( އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް/ޕީއެންސީ ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ވެރިކަމަށް އައީ ހުސްގޮނޑި ހިފައިގެންނޭ ބުނުމުން ސަރުކާރުން ހުސްގޮނޑި ނުލާ ނިކުމެ75 ގޮނޑި ވާނީ ކާމިޔާބު ކޮށްފައި ކަމަށެވެ.

"ވެރިކަން ބުނީ ހުސްގޮޮނޑި ހިފައިގެން ނިކުމެއޭ ހޯދީ، އެހެން ބުނީމަ އަޅުގަނޑުމެން ނިކުތީ ހުސްގޮނޑި ނުލާ، އެހެންމަ75 ގޮނޑި މުއިއްޒަށް ރައްޔިތުން ދިނީ. ހުސްގޮނޑި ހިފައިގެން ދުވުނު މީހުންނަށް93 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއްވެސް ނުދިން. ބުނީ ގެއަށް ވަންނާށޭ، ސިޔާސީ ކަންކަމުން ދުރައްދާށޭ، ވައްކަން ކޮށްގެންނޭ ތިހުރީ" އަދުރޭ ވިދާޅުވިއެވެ.

މިރޭ ޖަލްސާގައި އަދުރޭ ވަނީ ރައީސް ޔާމީން އާއި ގުޅިގެން އެކި އެކި ވާހަކަތައް ދައްކާފައެވެ. އަދި މީގެކުރިން ރައީސް ޔާމީން ޕީއެންއެފް ޖަލްސާ ތަކުގައި ދެއްކެވި ވާހަކަތަކަށްވެސް ވަނީ ބޮޑެތި ރައްދުތައް ރައީސް ޔާމިނަށް ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް