މިއަދު ރުޅި އަޔަސް ހިނި އަޔަސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އަޅުގަނޑު: އަދުރޭ

މިރޭ ބާއްވާ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދުރޭ ވިދާޅުވީ، މިއަދު ރުޅި އަޔަސް ހިނި އަޔަސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އަދުރޭ ކަމަށެވެ. މީ...

06 Aug 2024 | 18:06

މިރޭ ބާއްވާ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދުރޭ ވިދާޅުވީ، މިއަދު ރުޅި އަޔަސް ހިނި އަޔަސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އަދުރޭ ކަމަށެވެ.

މީގެއިތުރުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން މިނިވަން ވި ދުވަހު ރައީސް މުއިއްޒުއާއި ދޭތެރޭގައި ކަންތައް ކުރެއްވެވި ގޮތް އެދުވަހުގެ ވީޑިއޯއެއް ބަލާލީމަ ފެންނާނެ ކަމަށެވެ.

އަދި ރައީސް ޔާމީން ސަރުކާރާ ދުރަށް ދިޔައީ ރައީސް މުއިއްޒުގެ މައްޗަށް ބާރު ނުހިގުމުން ކަމަށްވެސް އަދުރޭ ވަނީ ވިދާލުވެފައެވެ.

"އަޅުގަނޑު ރައީސް މުއިއްޒަށް ގޮވާލަން މިރޭ އިއްޒަތްތެރި ރައީސޭ، ވީހާވެސް އަވަހަކަށް މިނިވަން ކޮމިޓީއެއް ހައްދަވައި ދެއްވާށޭ. ހައްދަވާފަ ކޮމިޓީގެ ޗެއަރ އަކަށް ލާންވާނީ ރައީސް ޔާމީނޭ. ޑެޕިއުޓީގެ ގޮތުގައި ތިއްބަވަން ވާނީ މަލީހާއި ޖަމީލާއޭ" އަދުރޭ ވިިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް