ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ސަރުކާރާ ދުރަށް ދިޔައީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑީގައި އިންނަވާ މަންޒަރު ދެކެން ހިތް ބިރުގަނެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ، ވެރިކަމަށް ރައީސް މުއިއްޒު ހަވާލުވިތާ އެންމެ ހަ ދުވަސްތެރޭގައި ހެދުނު ގޯހެއް ފެންނާކަށް ނެތް ކަމަށެެވެ.
އަދުރޭ މިހެން ވިދާޅުވީ މީގެކުރިން ޕީއެންއެފް ޖަލްސާއެއްގައި ރައީސް ޔާމީން، މި ސަރުކާރާ ދުރަށް ދާން ޖެހުނީ ސަރުކާރުން ހަދާ ގޯސްތައް ހަޖަމު ނުކުރެވިގެން ކަމަށް ވިދާޅުވެފައި ވާތީ އެކަމާއި ގުޅިގެންނެވެ.
" އެޔެއް ނޫން ދުރަށް ދިޔަ ސަބަބަކީ، ދުރަށް ދިޔަ ސަބަބަކީ ލަގޮނޑިއަށް ކެތްނުވީ، އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ދެލޮލަށް ކުޅަދާނަ ނުވީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑީގައި އިންނަވާ މަންޒަރު ދެކެން ހިތް ބިރުގަތީ" އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް