ރައީސް ޔާމީންގެ އެކައުންޓުުގަ ދައުލަތުގެ އެއް އަހަރު ދުވަހުގެ ބަޖެޓް ފޫ ބައްދާ ވަރަށް ފައިސާ އެބަހުރި ކަމަށް މިރޭ ބާއްވާ ޕީޕީއެމް/ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިގުރައިދޫ ދާއިރާގެ މެންބަރު ފަލާހް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންއަށް ނިސްބަތްކޮށް ފަލާހު ވިދާޅުވީ، އެ އެކައުންޓުތަކަކީ ހަމައެކަނި ޑިޕޮސިޓް ކުރެވޭ އެކައުންޓު ތަކެއް ކަމަށެވެ. އަދި އެ އެކައުންޓު ތަކުން ފައިސާ ނެގުމަށް ޗެކު ފޮތެއް ނޯންނަ ކަމަށާއި ޓްރާންސްފާ ކުރާނެ ގޮތެއް އަދި ފައިސާ ނެގޭނެ ގޮތެއް ނޯންނަ ކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
"ގިނަ ވަމުން ވަމުން ގޮސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީން ގެ އެކައުންޓުގައި އެބަހުރި މި ދައުލަތުގެ އެއް އަހަރު ދުވަހުގެ ބަޖެޓު ފޫ ބައްދާ ވަރަށް ފައިސާ.މިވެސް އަޅުގަނޑުމެން ދައްކާ ވާހަކަ އެއް ނޫން. މި ވާހަކަތައްވެސް ދައްކަވަނީ މަލީހު މެން ޖަމީލުމެން" ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ބޮޑެތި ޝަރީއަތް ތަކުގައި އެމަނިކުފާނުގެ ދުލުން އެމަނިކުފާނުގެ އެކައުންޓުގަ ހުރީ ކެންޕޭނަށް އެމަނިކުފާނަަށް ލިބުނު ފައިސާ ކަމަށް އިއުތިރާފު ވެފައި އެބަހުރި ކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ އެކައުންޓުގަ200 ނޫނީ100 މިލިއަނަް ރުފިޔާ ހުރުމަކީ ރައްޔިތުން އެއާ މެދު ޝައްކު އުފައްދަވާނެ ކަމެއް ކަމަށެވެ.
" ހަގީގަތުގަ ސިޔާސީ ޕާޓީ ތަކުގެ މި ގަވައިދާއި އުސޫލާއި އިލެކްޝަން ކޮމިޝަންގެ ގަވައިދު ތަކުގައި ބުނާ ގޮތުގައި ޕާޓީއަކަށް ކެމްޕޭނަށް ދޭ ފައިސާ ހުންނަން ވާނީ އެ ޕާޓީއެއްގެ އެކައުންޓުގަ. އެއީ އެ ހުންނަ ވެރިއެއްގެ އެކައުންޓަށް ޖަމާވާން ޖެހޭނެ އެއްޗެއް ނޫން" ފަލާހު ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ޔާމީންގެ ސިންގަޕޫރު އެކައުންޓެއްގައި300 މިލިއަން ޑޮލަރު ހުރި ކަމަށް މަލީހު ވިދާޅުވެފައިވާ ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް