ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުތައް ސިއްރުކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ނުރައްކާތެރިމެއް:ކުރީގެ ފިނޭންންސް މިނިސްޓަރ

ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނޖީގެ ސިޔާސަތުތައް ސިއްރުކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ، ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. އަމީރު...

06 Aug 2024 | 15:06

ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނޖީގެ ސިޔާސަތުތައް ސިއްރުކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ، ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

އަމީރު ވިދާޅުވީ، އެފަދަ ނިންމުން ތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.2019 ވަނަ އަހަރުން ފެށިގެން އެމްޑީޕީ ސަރުކާރުން އައީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ ވަކި ވަކިން ބަރާބަރަށް ޝާއިއުކުރަމުން ކަމަށާއި، މާލީ ކަންކަން ހިންގަމުންދާ ގޮތާމެދު އެތެރެއާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ކޮންމެހެންވެސް ހިފަހައްޓަންޖެހޭ ދަނޑިވަޅެއްގައި މިކަން މިގޮތަށް ނުކުރުމަށް އަމީރު ވަނީ މަޖިލީހަށް ގޮވާލައްވާފައެވެ.

އަދި އިގްތިސާދީ ކަންތައްތައް މެނޭޖްކުރުމުގައި ސަރުކާރުން ގާބިލްކަމާއި މެދު އިތުބާރު ގެއްލިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ ސިޔާސަތުތައް އެންމެންނަށް ފެންނަހެން ހާމަ ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި މި ދެ ބަޔާނުގެ މަގްސަދަކީ، ދައުލަތުގެ ހަރަދާއިި އާމްދަނީގެ ސިޔާސަތާ މެދު އާންމުން ހޭލުންތެރިިކަން އިތުރު ކުރުމާއި އެ ސިޔާސަތުގެ އަމާޒުތައް ހާސިލްކުރުމަށް ސަރުކާރުން އަޅަމުންސާ ފިޔަވަޅުތައް ވަޒަން ކުރެވޭނެ ވަސީލަތެއް ގާއިމް ކުރުން ކަމަށް ވީ ހިނދު، މި ބަޔާން ސިއްރުުކުރުމަކީ ގާނޫނުގެ ރޫހާއި ޚިލާފް ކަމެއް ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަމީން ވިދާޅުވީ، ކުރިން އާއްމުކޮށް ކޮންމެ ހަފްތާއަކު ޝާއިއުކުރަމުން އައި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ޝާއިއުކުރުންވެސް މިހާރު ވަނީ މެދުކެނޑިފައި ކަމަށާއި، މިއަދު ސަރުކާރުގަ އިސް މަގާމުތަކުގައި ތިބީ،2023-2019 ސަރުކާރު ބަންދެއް އައިސްގެންވެސް ދެންނެވި ރިޕޯޓެއް ޝާއިއުކުރުން ލަސްވިޔަސް އެ ކަންތައް ވަރަށް ބޮޑު ކޮށްގެން ވާހަކަ ދެއްކެވި ބޭބޭފުޅުން ކަމަށެވެ. އަދި ގާނޫނުގައި އެ ބުނާ ލަނޑުދަނޑި ހާސިލްކޮށް، އިތުބާރު ހޯދުމަށް މި ދެ ބަޔާން ޝާއިއު ކުރުމަށް އަމީން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް