ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ހޭދަވެގެން ދިޔަ އިރު ބްރިޖްގެ އެންޓްރަސް ލައިޓް ދިއްލާ ނުލެވުނު ކަމަށް ޑެޕިއުޓީ މިނިސްޓަރ މަލްޝާ ޝަރީފް ވިދާޅުވެއްޖެއެވެ.
މަލްސާ ވިދާޅުވީ، ފަސް އަހަރަށް ފަހު ބްރިޖްގެ ލައިޓްތައް ދިއްލައިފި ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން އެ ލައިޓްތައް ދިއްލާފައި ނުވާކަން ފާހަގަކުރަމުން ވިދާޅުވީ، ބްރިޖް އެންޓްރަންސް އެމްޑީޕީ ސަރުކާރުން އޮތީ ދަބަރަށް ފޯވާން ދޫކޮށްލާފައި ކަމަށެވެ. އަދި މިއިން ދައްކުވައިދެނީ އެމްޑީޕީ ސަރުކާރާ ޕީޕީއެމް/ޕީއެންސީ ސަރުކާރާ ހުރި ތަފާތު ކަމަށެވެ.
" އެމްޑީޕީ ގެންގުޅެނީ ފަނާކުރަނިވި ސިޔާސަތު، މި ސަރުކާރުން ގެންގުޅެނީ ބިނާކުރަނިވި ސިޔާސަތު" މަލްސާ ވިދާޅުވިިއެވެ.
2018 ވަނަ އަހަރު ބްރިޖްގެ މަސައްކަތް ނިންމުމަށް ފަހު، ބްރިޖް ހެދި ކުންފުނިން ދެ އަހަރު ވަންދެން އެ ތަނުގަައި މެއިންޓެނަންސްގެ ކަންކަން ވަނީ ވަރަށް ރަގަނޅަށް ބަލަހައްޓާފައެވެ. އެހެންނަމަވެސް އޭގެ ފަހުން ތިން އަހަރު ކޮންޓްރެކްޓް އާ ނުކުރާ ކަމަށާއި މެއިންޓެނަންސްގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ވަޒީރު މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް3.6 މިލިއަން ޑޮލަރު ޚަރަދުވާއިރު، މިއީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް