އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރިޕޯޓު ތަކުން ދައްކާގޮތުގައި މި އަހަރު ނިމޭއިރު ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް2.5 އިންސައްތަ އިތުރުވާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމީލް ވިދާޅުވެއްޖެއެވެ.
ރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ބަޔާންކޮށްދެމުން މަލީހު ވިދާޅުވީ، އިއެމްއެފްއިން ރާއްޖޭގެ އިގްތިސާދު9.9 އިންސައްތަ ދުވެލީގައި ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ހިސާބުތަކުން ދައްކަނީ އެހެން ނޫން ކަމަށެވެ. މަލީހު ވިދާޅުވީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު ނިމިގެން ދާއިރު ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް2.5 އިންސައްތަ އިތުރުވެގެން ދާނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ކަންބޮޑުވުމުގެ ނަޒަރުން ނޫން ގޮތަކަށް ރާއްޖޭގެ އެއްވެސް ކަމަކަށް ނަޒަރު ހިންގާލެވޭކަށް ނެތްކަމުގެ ރަތް ސިގްނަލް ދޭން މިޖެހެނީ. މި ރިޕޯޓުތަކުން ބުނާ ގޮތުން ވިއްޔާ ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް މިއަހަރު ނިމޭއިރު2.5 ޕަސެންޓު އިތުރުވެގެން ދާނެ" މަލީހު ވިދާޅުވިއެވެ.
މަލީހު އިތުރަށް ވިދާޅުވީ، ރާއްޖެ ފަދަ ކުދަ ގައުމަކުން ބޮޑެތި ދަރަނި ނަގާފައިވާއިރު މިއީ ނުރައްކާތެރި ކަމެއް ކަމަށެވެ.
ސަރުކާރުން ދުނިޔޭގެ އެކި ގައުމުތަކަށް ދަރާފައިވާއިރު މިފަދަ ކަންކަން ބޮޑު ކަމަށް ނަހަދައްވާ ބޭކާރު އަދި ބޮޑެތި ޚަރަދުތައް ކުރައްވަމުން ގެންދަވާތީ ބިރުގަންނަކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކަށް ރާއްޖެއިން8 ބިލިއަން ރުފިޔާއަށް ދަރާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް