މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ވަޒީފާއިން ނުހައްގުން ވަކި ކުރި މީހަކަށް1.8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
2013 ވަނަ އަހަރުގެ ނޮވެމްބަރު25 ގައި ސާޖަންޓު ފަސްޓް ކްލާސް އަލީ ވަހީދު، ވަޒީފާއިން ވަކި ކުރީ ނުހައްގުން ކަމަށް ސްޕްރީމް ކޯޓުން މީގެ ކުރިން އޮތީ ކަނޑައަޅައިފައެވެ. އަދި ވަޒީފާ ރުޖޫއަކޮށްދިނުމަށް ވެސް އެންމެ މަތީ ކޯޓުން އޮތީ އަންގާފައެވެ.
އަލީ ވަހީދު ވަޒީފާއިން ވަކި ކުރީ ސިފައިންގެ ޚިދުމަތުގައި30 އަހަރު ހޭދަކުރުމަށްފަހު ރިޓަޔާ ކުރުމަށް ހުށަހަޅާފައި އޮއްވައެވެ.2020 ވަނަ އަހަރު ސުޕްރީމް ކޯޓުން މައްސަލަ ނިންމުމުން ޑިފެންސުން ވަނީ އެ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި އޭނާއަށް އަލުން ވަޒީފާ ދީފައެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނިންމީ އޭނާއަށް ބަދަލު ދިނުމުގެ މައްސަލައެވެ. އަލީ ވަހީދުގެ މައްސަލައިގެައި ދައުލަތުގެ ޝަރުއީ އެކި މަރުހަލާތަކުގައުުި އެކި ސްޓޭންޑުތައް ނަގާފައިވާތީ، ކޯޓުން ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
އެ މައްސަލައާއި ގުޅިގެން ކޯޓުގައި އަލީ ވަހީދުގެ ފަރާތުން ވަނީ ބަދަލުގެ ގޮތުގައި2.1 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިިފައެެވެ. އެހެންނަމަވެސް ކޯޓުން ނިންމާފައިވަނީ އޭނާގެ ވަޒީފާ ރުޖޫއަ ކުރި ދުވަހާ ހަމައަށް ދޭންޖެހޭ މުސާރަ އާއި އެލަވެންސްތަކާއި އެކު1.8 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފް، ޑިފެންސްގެ މައްޗަށް އަމުރުކޮށްފައިވަނީ އަލީ ވަހީދުގެ ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅިފައިވާ ފައިސާ15 ދުވަހުގެ މުއްދަތު ތެރޭގައި އޭނާއަށް ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް