އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލައިގައި އާއިލާއަށް ދައުލަތުން ބަދަލު ދީފިއެވެ.
މާލީ ބަދަލު ހޯދުމަށް އާއިލާއިން ފުރަތަމަ ހިޔާރުކުރީ ޝަރުއީ މަރުހަލާގައެވެ. އާއިލާއިން މާލީ ބަދަލު ހޯދުމަށް އެ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުމުން މާލީ ބަދަލު ދިނުމަށް ދައުލަތުން އެއްބަސްވީ ކޯޓުން ބޭރުގައެވެ.
އާއިލާއިން މިހާރު ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
އެގޮތުުން އެ މައްސަލައިގައި ދައުލަތާ ކުއްޖާގެ އާއިލާ އާއި ދެމެދު ހަދާފައިވަނީ ސިއްރު އެއްބަސްވުމެއް ކަމުން ދައުލަތާއި އާއިލާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުމުގެ ތަފްސީލު، އާއިލާއިންވެސް އަދި ދައުލަތް ތަމްސީލު ކުރާ ބަންޑާރަ ނައިބުގެ އޮފީހުންވެސް ހާމަކޮށްފައެއް ނުވެއެވެ.
ބަންޑާަރަ ނައިބު އޮފީހުން ހިއްސާކުރީ ހަމައެކަނި ސެޓަލްމަންޓް އެގުރިމަންޓަކަށް ދިޔުމަށް އެ އޮފީހުން ނިންމި ސަބަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް