ޔާމީން ނޫސްވެރިންނަށް ދިން އަނިޔާއެއް ހަނދާނެއްނެތް، ނޫސްވެރިންގެ ބަހުގެ ތެދުކަން ރައްޔިތުން ގަބޫލުކުރާނީ ކިހިނެއް؟: ޝިއުނާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންނަށް ދިން އަނިޔާތައް މިހާރު ހަނދާނަކު ނެތް ކަމަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވިދާޅުވެއްޖެއެވެ. "މިހާރުު ޔާމީންގެ އަނިޔާ ލިބުނު ނޫސްވެރިން އެކަން ހަނދާނެއް ނެތޭ. އ...

06 Aug 2024 | 09:11

ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންނަށް ދިން އަނިޔާތައް މިހާރު ހަނދާނަކު ނެތް ކަމަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވިދާޅުވެއްޖެއެވެ.

"މިހާރުު ޔާމީންގެ އަނިޔާ ލިބުނު ނޫސްވެރިން އެކަން ހަނދާނެއް ނެތޭ. އެކުދިން ބުނަނީ ޔާމީންއޭ ކިޔައިގެން އޭރު ހެދީ ދޮގޯ. ޔާމިނަކީ މިހާރު ހީރޯއެކެ. ކުރިން ބުނި އެތި ކެންސަލޯ. ދެން ކިހިނެއް ނޫސްވެރިންގެ ބަހުގެ ތެދުތަކަން ރައްޔިތުން ޤަބޫލު ކުރާނީ ދޯ؟" ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ މިހެން ވިދާޅުވެފައިވަނީ ރޭ ޕީއެންއެފް ޖަލްސާގައި ޔާމީން ސައިބަ ކްރައިމްއާ ގުޅޭ ބިލްތަކަކީ ނުރައްކަލެއް ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ޔާމީން ވިދާޅުވީ، ސައިބަ ކްރައިމްގެ ނަމުގައި މަޖިލީހަށް ފޮނުވާފައިވާ ބިލަކީ ފަރުދީ ހައްގުތަކަށް އަރައިގަތުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ލިބިދޭ ބިލެއް ކަމަށެވެ. އެ ބިލްތައް ގާނޫނަކަށް ވެއްޖެ ނަމަ ބޭނުންވާ ކޮންމެ މީހެއްގެ ފޯނާއި ކޮމްޕިއުޓަރުތަކުގައި ރައްކާކޮށްފައިވާ މައުލޫމާތު މޮނިޓަކޮށް ބެލުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށާއި އެއީ ފަރުދީ މިނިވަން ކަމަށް އަރައިގަތުން ކަމަށްށެވެ.

"މިހާރުވެސް ފޯނުތައް އަޑުއަހާ، މިހާރުވެސް އެ ގާބިލިއްޔަރު އެބަހުރި ފުލުހުންގެ ވެސް، އެމްއެންޑީއެފްގެ ވެސް އެބަހުރި. ދެން މިހާރު މި ދިޔައީ ސައިބާ ސްޕޭސް އަށް ސައިބާ ކްރައިމްގެ ނަމުގައި މިހާރު ބިލެއް ފޮނުވައިގެން އުޅެނީ އަނެއްކާ ވެސް އިތުރަށް ރައްޔިތުންގެ ޕްރައިވެޓް ރައިޓްސް އިންފްރިންޖު ކުރުން" ޔާމީން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް