ދިރިނޫޅެވޭވަރަށް ވީރާނާވެފައިވާ ގެއެއްގައި ބިދޭސީން ހިންގަމުންދިޔަ "ފުޑް ފެކްޓަރީ" އެއް ރެއިޑްކޮށް ތިން މީހަކު އަތުލައިގެންފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން މިއަދު ބުނީ ދިރިނޫޅެވޭ ވަރަށް ބައުވެ، ވީރާނާވެފައިވާ ގެއެއްގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން މިއަދު ހެނދުނު މާލެ ސަރަހައްދުގެ ގެއެއް ބަލައި ފާސްކުރި ކަމަށެވެ.
"ގަވާއިދާ ޚިލާފަށް އެތަނުގައި ދިރިއުޅޭ 03 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެވިފައި" އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ، އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް