ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ. އެގޮތުން އިއްޔެ ހަވީރު އެ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ...

06 Aug 2024 | 07:35

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.

އެގޮތުން އިއްޔެ ހަވީރު އެ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ޝައުޤުވެރިވާ ފަރާތްތަކަށް، ޝަޢުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ އިޢުލާނުގައި ބުނެފައިވާގޮތުގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ބޭނުންވަނީ މެޑިކަލް އެމަޖެންސީގައި އެއާ އެމްބިއުލާންސްގެ ޚިދުމަތާއި އަދި ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށާއި އަދި ހަމަ އެހެންމެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރޭގައި ބޭނުންކުރުމަށެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް ރާއްޖޭގައި ހެލިކޮޕްޓަރު މެދުވެރިކޮށް ފަތުރުވެރިކަމާއި ގުޅުންހުރި ދަތުރުފަތުރުތައް ކުރުމަށް އެކްސްކްލޫސިވިޓީ 10 އަހަރުގެ މުއްދަތަށް ދޭނެއެވެ.

ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން އެކަމަށްއެދި "އެކްޕްރެޝަން އޮފް އިންޓްރެސްޓް (EOI) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 02:00ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް