ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ބިދޭސީއެއްގެ ބަންދަށް ކޯޓުން 15 ދުވަސް ދީފިއެވެ.
ފުލުހުން ބުނެފައިވަނީ އާދީއްތަ ދުވަހުގެރޭ އެއް ފުޅި އަދި 48 ދަޅު ބަނގުރަލާއެކު ހުޅުމާލެއިން ހައްޔަރުކުރި ފަރާތް 15 ދުވަހަށް ބަނދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާމަށެވެ.
އެ ފަރާތުގެ ވަނަވަރުވެސް ފުލުހުން ހާމަކޮށްފައިވެއެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އުމުރުން 33 އަހަރުގެ ސޯހިދުލްއިސްލާމެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އަމީން އެވެނިއު ކައިރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް