ރާއްޖޭގައި ދެތިން ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމަށްފަހު އެނބުރި ޤައުމަށްދިޔަ ބޮލީވުޑް ބަތޮލާ މަލާއިކާ އަރޯރާއަށް މަޖާ ކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މަލާއިކާ އެނބުރި ޤައުމަށް ދިޔައިރު އެއާޕޯޓުގައި ޕަޕަރާޒީންތައް ތިއްބެވެ. ޕަޕަރާޒީންގެ ފޯޓޯތަކަށް ޕޯޒް ދެމުން ހިނގަމުންގޮސް އެންމެ ފުރަތަމަ މަލާއިކާއަށް ދެވުނީ އެވަގުތު އެއާޕޯޓު ސަރަހައްދުގެ ޕާކިންގައި އޮތް އެހެން ކާރަކާއި ދިމާއަށެވެ. އެއީ އަދި ރަނގަޅު ކާރު ނޫންކަން މަލާއިކާއަށް އެނގުނީ ޕަޕަރާޒީން، އެއީ ސިއްދާތު މަލްހޯތުރާގެ ކާރުކަމަށް ބުނުމުންނެވެ. ސިއްދާތަކީވެސް ބޮލީވުޑްގެ މަގްބޫލު ބަތޮލެކެވެ.
އެއަށްފަހު މަލާއިކާ ވަނީ އަނެއްކާވެސް ޕަޕަރާޒީންނަށް ބައެއް ޕޯޒްތައް ދިނުމަށްފަހު އަލުން އޭނާގެ ކާރާއި ދިމާއަށްގޮސް ކާރަށް އަރައިގެން އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
މަލާއިކާ ރާއްޖެ އައިސް ދެތިން ދުވަހުގެ ޗުއްޓީއެއް ހޭދަކުރީ ހެރިޓޭންސް އާރަށް ރިސޯޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް