ބޮޑު މޮހޮރާގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ތިން މީހަކު ހައްޔަރުކޮށް ވަނަވަރު ހާމަކޮށްފި

ވ. އަތޮޅު ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ ވިއްކާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް އެ ތިން މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ. އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ލިބުނ މައުލޫމާތަކާ...

06 Aug 2024 | 06:24

ވ. އަތޮޅު ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ ވިއްކާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް އެ ތިން މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ލިބުނ މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި ވ. އަތޮޅުގެ ފުލުހުންގެ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އެ ތިން މީހުންނަކީ ކ.މާލެ، މ. ލަކްސް ގާޑަން، އުމުރުން 43 އަހަރުގެ އަހްމަދު އަޝްރަފާއި ގދ. ތިނަދޫ، ބްލޫ ހެވަން އާގެ، އުމުރުން 50 އަހަރުގެ އަމްޖަދު މުހައްމަދުގެ އިތުރުން ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 53 އަހަރުގެ ނާލިން އިންޑިކާ ކޮޑިކަރާ އެވެ.

މި މައްސަލައާއި ގުޅިގެން އެ ރަށް ބަލައިފާސްކުރިއިރު 24 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

ބޮޑު މޮހޮރާއަކީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް