ހެލްތު ސެންޓަރުތަކުގެ ކޮންސިއުމަބްލްސް ހުސްވާ މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާއެއް މިދަނީ ޤާއިމުކުރަމުން: ވަޒީރު

ރަށްރަށުގެ ހެލްތު ސެންޓަރުތަކުގެ ކޮންސިއުމަބަލްސް ހުސްވާ މައްސަލަ ހައްލު ކުރުމަށް ސޮފްޓްވެއާ ގާއިމުކުރަމުން އަންނަ ކަމަށާއި އެކަން ނިމުމުން އެ މައްސަލައަށް ހައްލު ލިބިގެންދާކެމުގައި ޞިއްޙީ ވުޒާރާގެ ވަ...

06 Aug 2024 | 05:23

ރަށްރަށުގެ ހެލްތު ސެންޓަރުތަކުގެ ކޮންސިއުމަބަލްސް ހުސްވާ މައްސަލަ ހައްލު ކުރުމަށް ސޮފްޓްވެއާ ގާއިމުކުރަމުން އަންނަ ކަމަށާއި އެކަން ނިމުމުން އެ މައްސަލައަށް ހައްލު ލިބިގެންދާކެމުގައި ޞިއްޙީ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޚަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަޒީރު ޑރ. ޚަލީލަށް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސުވާލުގައި މެންބަރު މައުރޫފް ޒާކިރު އެއްސެވީ ރާއްޖޭގެ ގިނަ ރަށްރަށުގައި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ކޮންޒިއުމަބަލްސް އަދި ހަމަ އެހެންމެ ފާމަސީތަކަށް ބޭނުންވާ އާދައިގެ ބޭސް ރައްޔިތުންނަށް ނުލިބޭ ކަމުގެ ޝަކުވާ ރައްޔިތުން ކުރައްވާ ކަމަށާއި ހައްލު ލިބިގެންދާނީ ކޮން އިރަކުތޯއެވެ.

ޖަވާބުގައި ޑރ. ޚަލީލް ވިދާޅުވީ ކޮންސިއުމަބަލްސް ރީ އެޖެންޓްސް ހުސްވުމުގެ ކަންތައްތަކަކީ އަބދުވެސް ދިމާވާ ކަމެއް ކަމަށާއި މައްސަލަ ހައްލުކުރުމަށް އެސްޓީއޯއާއި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ސަރުކާރާ ހަވާލުވިއިރުގަ އެސްޓީއޯއަށް ދައްކަންޖެހޭ 300 އެއްހާ މިލިޔަން ރުފިޔާ އޮތް ކޮންސިއުމަބަލްސް ރީއެޖެންޓްސް އަދި ބައެއް ޚަރަދުތަކަށް، ބޮޑު ބައެއް މިހާރު ވަނީ އަދާކުރެވިފަ، އެކަށީގެންވާ ހައްލެއް ކައިރި މުސްތަގްބަލެއް ލިބިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އެއާއެކު ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް ޕްރައިވެޓް ސެކްޓާއާވެސް ވާހަކަ ދެކެވި މައްސަލަ ހައްލު ކުރުމަށް ސޮފްޓްވެއާއެއްވެސް ބިލްޑް ކުރެވެމުން އަންނަ ކަމަށާއި އެ ސޮފްޓްވެއާ މެދުވެރިކޮށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަދުވަނީ ކޮންކޮން އެއްޗެއްކަން ސެންޓްރަލީ ބަލާ އެތަކެތި ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެކަމުގައި ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް