ރައީސް މުއިއްޒު އުޅުއްވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރާކަށް ނޫން، ކައުންސިލްތައް ސައިޒްކުރަން: ހިސާން

އެމްޑީޕީން ސަރުކާރުގެ ގޯސްތައް ރައްޔިތުންނަށް ތިލްކޮށްދިނުމަށް ކުރިއަށް ގެންދާ "ހަވަރު ބެރު" ޕްރޮގްރާމްގައިވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިން ވިދާޅުވީ ޕީއެންސީ/ ޕީޕީއެމްގެ އި...

05 Aug 2024 | 19:20

އެމްޑީޕީން ސަރުކާރުގެ ގޯސްތައް ރައްޔިތުންނަށް ތިލްކޮށްދިނުމަށް ކުރިއަށް ގެންދާ "ހަވަރު ބެރު" ޕްރޮގްރާމްގައިވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިން ވިދާޅުވީ ޕީއެންސީ/ ޕީޕީއެމްގެ އިސްވެރިން ގެންގުޅެނީ ބާރުތަށް މުށުތެރެއަށް ލުމުގެ ވިސްނުން ކަމަށެވެ.

ލޯކަލް ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދު ކުރުމާއި ގުޅިގެން ރައީސްުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވަނީ ޕްލޭނެއް އެކުލަވާލައްވާފައެވެ. އެއީ ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ މަޝްރޫއު ތެރެއިން ރޭވިފައިވާކަމެކެވެ.

އެކަމާއި ގުޅިގެން ހިސާން ވިދާޅުވީ، ރާއްޖޭގައި ޖުމްލަ ތިބީ1300 ކައުންސިލުން ކަމަށެވެ. އެހެންނަމަވެސް ސިޔާސީ މަގާމުތަކުގައި އެމްޑީޕީގެ ހިސާބުތަކުން ދައްކާ ގޮތުގައި2،000 އަށް ވުރެން ގިނަ އަދަދަކަށް މީހުން ތިބިކަމަށެވެ.

"ރައީސް މުއިއްޒު އުޅުއްވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރާކަށް ނޫން، ކައުންސިލްތައް ސައިޒު ކުރަން" ހިސާން ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު ނިޔާޒް ވިދާޅުވީ، ސިޔާސީ މަގާމުތައް ގިނަވެގެން ގޮސް މާލޭގައި ހުރި މިނިސްޓްރީތަކުގެ އޮފީސްތަކުގައި ޖާގަ ނެތުމުން ރަށްރަށުގެ އޮފީސްތަކުގައި މަސައްކަތްކުރާނެ ޖާގަ ހޯދުމުގެ މަސައްކަތްވެސް ކުރާ ކަމަށެވެ.

"ކައުންސިލަރުންގެ ބަދަލުގައި މި މީހުން ބައިތިއްބަން އެ އުޅެނީ، އެމީހުންގެ މުސާރަ ކައުންސިލަރުންނަށް ލިބޭ މުސާރައަށް ވުރެން ވެސް ބޮޑު ވާނެ" ނިޔާޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް