ރިޔާސީ އިންތިހާބަށް ރެކޯޑު ސާފުކުރަން މިރޭގެފަހުން ހުށަހަޅާ ފޯމުތައް ނުނިމިދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން ރެކޯޑު ސާފުކުރުމުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ޑީޖޭއޭއިން ބުނީ، މިހާތަނަށް 34 ފަރާތަކުން ރެކޯޑު ސާފު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން މިއަދު އިރު އޮއްސުމާ ހަމަޔަށް 32 ފޯމު ރެކޯޑު ސާފު ކުރުމަށްފަހު އެ ފަރާތްތަކާ ހަވާލު ކޮށްފައިވާކަމަށް ޑީޖޭއޭއިން ބުންޏެވެ.
ރެކޯޑު ސާފު ކުރެވެނީ އޮޓޮމޭޓެޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ކަމަށް ކަމުގައި ނުވާތީ، މުޅި ރާއްޖޭގެ ހުރިހާ ކޯޓަކުން ވަކިވަކިން ރެކޯޑު ސާފު ކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމަށާއި، އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުކަން ދިނުމަށް ޖޭއެސްސީން އެދުނެވެ.
"ރިޔާސީ އިންތިހާބާ ގުޅިގެން ރެކޯޑު ސާފު ކުރުމަށްޓަކައި މިރޭ 9:00ގެ ފަހުން ހުށަހަޅާ ފޯމުތައް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ނުނިމުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަން" ޖޭއެސްސީން ބުންޏެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނުން، ޖުލައި 23 ގައި ހުޅުވާލި ފުރުޞަތު އޮތީ، މާދަމާ (އޮގަސްޓް 7 ވާ ހޯމަ ދުވަހު) ގެ 14:00އާ އަށެވެ.
ނަމަވެސްމިހާތަނަށް ފޯމު ހުށަހެޅީ ހަތަރު ފަރާތަކުން ކަމަށާއި ޖަވާބު ދެވިފައިވަނީ ތިން އެޕްލިކޭޝަނަށް އަށް ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި އެންމެ ފަހު ވަގުތަށް މަޑުކޮށްފިނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ޙާލަތެއް ދިމާވެއްޖެ ހިނދެއްގައި، މާދަމާގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީ، ވަގުތު އޮއްވާ މާދަމާގެ އެޕްލިކޭޝަންތައް ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ.
“އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރެއްވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔުއްވުން ވަރަށް މުހިންމު” އީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް