ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވާފައިވާ އަހްމަދު ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސައިިފިއެވެ.
ފާރިސް އެކަން އިއުލާނު ކުރެއްވީ މިރޭ ކުރެއްތި ޓުވީޓެއްގައެވެ.
https://twitter.com/afarismaumoon/status/1688232450059890689
ފާރިސް އިންތިހާބަށް ނުކުންނަވަން މަސައްކަތް ކުރެއްވީ އެމްއާރްއެމްގެ ސްލޮޓްގައެވެ. ނަމަވެސް އެ ޕާޓީގެ މެމްބަރުން ހަމަނުވުމާ ގުޅޭ މައްސަލައެއް ކޯޓުގައި ކުރިއަށް ދާތީ، ޕާޓީގެ ފަރާތުން ވާދަ ކުރެވޭ ގޮތް ނުވީއެވެ.
އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވައި ފާރިސް އާއްމުކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ “ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދުގާ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމި ވާހަކަ ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ހިއްސާކުރާ” ކަމަށެވެ.
ފާރިސްގެ އިންތިހާބީ އޭޖެންޓަކަށް އެމްއާރްއެމްގެ އެކްސްކޯ މެމްބަރު އިސްމާއީލް ޒަބީހުއެވެ.
ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަގޮތުން އިއުލާނުކުރާނެކަން ހާމަކޮށްފައިވާއިރު އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ ތާއީދު ސޮއި މިހާރު ހަމަކޮށްފައިވާކަން ކުރިން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް