އަމީނީމަގު ސެގްމެންޓް 8 އަދި 9 ގައި ތާރު އަޅާފައިވާ ހިސާބު މިހާރުވަނީ އާންމުންނަށް ހުޅުވާލާފައި ކަމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރް.ޑީ.ސީ) އިން ބުނެފިއެވެ.
މީގެކުރިން އާރްޑީސީން ބުނެފައި ވަނީ ޗުއްޓީއަށް ފަހު ސްކޫލު ހުޅުވެންވާއިރަށް އަމީނީ މަގުގައި މިވަގުތު ކުރިއަށް ގެންދާ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
https://twitter.com/rdcmaldives/status/1688050565589389312/history
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް އާރްޑީސީ އިން ބުނެފައިވެއެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށާއި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އާރްޑީސީ އިން ބުނެއެވެ. އަދި މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށްވެސް އާރްޑީސީއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް