ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން ފާރިސް އިއުލާނުކުރައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަހްމަދު ފާރިސް މައުމޫން އަމިއްލަގޮތުން ކުރިމަތިލާނެކަން މިއަދު އިއުލާނުކުރައްވައިފިއެވެ. ފާރިސް މިކަން އިއުލާނުކުރެއްވީ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ވީޑި...

06 Aug 2023 | 12:44

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަހްމަދު ފާރިސް މައުމޫން އަމިއްލަގޮތުން ކުރިމަތިލާނެކަން މިއަދު އިއުލާނުކުރައްވައިފިއެވެ.

ފާރިސް މިކަން އިއުލާނުކުރެއްވީ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ވީޑިއޯ އެ މެސެޖުގައި ފާރިސް ވިދާޅުވީ "ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދުގާ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމި ވާހަކަ ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ހިއްސާކުރާ" ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަގޮތުން އިއުލާނުކުރާނެކަން ހާމަކޮށްފައިވާއިރު އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ ތާއީދު ސޮއި މިހާރު ހަމަކޮށްފައިވާކަން ކުރިން ހާމަކޮށްފައިވެއެވެ.

https://twitter.com/afarismaumoon/status/1688168002108489728

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް