ޕްރޮފެސަރ އުގެއިލްގެ ތާއިދު ރައީސް ސޯލިހަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި. ރާއްޖޭގެ ހަމައެކަނި ޕްރޮފެސަރ ހަސަން އުގެއިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. މިދިޔަ ދައުރުގައިވެސް އުގެއިލް ތާއީދު ކުރަ...

06 Aug 2023 | 11:43

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި. ރާއްޖޭގެ ހަމައެކަނި ޕްރޮފެސަރ ހަސަން އުގެއިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

މިދިޔަ ދައުރުގައިވެސް އުގެއިލް ތާއީދު ކުރައްވާފައި ވަނީ ރައީސް ސޯލިހަށެވެ.

ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ވިސްނުން ގެއްގުޅުއްވިކަން މީގެ ކުރިން އުގެއިލް ވަނީ ހާމަ ކުރައްވާފައެވެ.

އެގޮތުން ކުރިޔަށް އޮތް ތަނުގައި ސިޔާސީ މައިދާނުން ފެނިދާނެ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ.

https://twitter.com/ugail/status/1688131719663075328

ރ.މީދޫ ޒުވާނުންގެ އުންމީދު ޖަމިއްޔާއިން ކުރިޔަށް ގެންދާ އުންމީދީ ސައްލާގެ 3 ވަނަ ޕްރޮގްރާމުގައި ހާއްސަ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން އޭރު އުގެއިލް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް އޭނާ އަކީ ދިވެހިންނާއި ދުރުގައި ހުންނަ މީހެއް ނޫން ކަމަށެވެ.

ދިވެހި ކުދިންނަށް ކިޔަވައި ދިނުމާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް އިލްމީ އެހީތެރިކަން އަބަދުވެސް ފޯރު ކޮށްދެއްވާކަން ފާހަގަކުރައްވާ އުގައިލް ވިދާޅުވީ، ގައުމަށް ޚިދުމަތްކުރުމުގައި ކުރިޔަށް އޮތް ތާނުގައި އޭނާ ސިޔާސީ މައިދާނުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އުގެއިލް ވިދާޅުވީ ގައުމު ބިނާކުރުމުގައި ތަޢުލީމީ މީހުންނަށް އިސްކަންދޭން ޖެހޭކަމަށެވެެ. އަދި ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ދެނެގަނެ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އެންމެންނަށް ހަމަހަމަ އިންސާފުވެރި އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރުން މުހިންމު ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އުގައިލް ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް