އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސެނެޓް ހޫނުވެ ޕީޕީއެމް އޮފީސް ދޮށަށް ފުލުހުން އެއްވެއްޖެއެވެ.
މައުލޫމާތު ލިިބިފައިވާ ގޮތުގައި، ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގައި މަސްލަތަހު ގޯސްވެފަ، ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި ޚިލާޔު ތަފާތު ވެފައި ވަނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވި ނޯޓުކޮޅެއްގެ ސަބަބުންނެވެ.
ޕީޕީއެމް އޮފީސް މިހާރު ތަޅުލާފައި ވާއިރު، އެތަނުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގާފައެވެއެވެ. އަދި ފުލުހުން ޕީޕީއެމް އޮފީސްތެރެއަށް ވަންނަން އުޅުމުން، އެތަނުގެ ތެރެއިން ފުލުހުންނަށް ހަމަލާ ދީފައި ވާކަމަށް މަންޒަރު ދުއް ފަރާތްތަކުން ބުނެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، ޕީޕީއެމް ސެނެޓް މެމްބަރުންގެ ބައްދަލުވުމެއް ޕީޕީއެމް އޮފީހުގައިި ކުރިއަށް ދަނިކޮށް އެތަނަށް އިތުރު ބަޔަކު ވަދެފައިވާ މައްސަލަ ޕީޕީއެމްގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް