ގާސިމްގެ ރަނިންމޭޓަކަށް އަމީން

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ކަމަށް އަމީން އިބްރާހިމް ހަމަޖައްސައިފިއެވެ. ގާސިމް މިކަން އިއުލާނު ކުރެއްވީ ދެންމެ އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމ...

06 Aug 2023 | 10:08

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ކަމަށް އަމީން އިބްރާހިމް ހަމަޖައްސައިފިއެވެ.

ގާސިމް މިކަން އިއުލާނު ކުރެއްވީ ދެންމެ އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ގާސިމް ރަނިންމޭޓަކު ކަނޑައަޅާފައިވާއިރު މިއަދަކީ ރިޔާސީ އިންތިހާބުގެ ފޯރި ވަރަށް ގަދަ ދުވަހެކެވެ.

އެގޮތުން ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައި ނުގަތުމަށް އިލެކްޝަންސް އިން ނިންމި ނިންމުން ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހާއި އެމްއެންޕީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބް ވަނީ ކެނޑިޑަސީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީނަށް ވާދަ ނުކުރެވޭކަން ކަށަވަރުވުމާއެކު ޕީޕީއެމް/ޕީއެންސީގެ ސެނެޓަށް ރައީސް ޔާމީން ފޮނުއްވެވި ނޯޓުކޮޅަކާއެކު ޕީޕީއެމް/ޕީއެންސީގެ ސެނެޓު ވަނީ ހޫނުވެގެން ގޮސްފައެވެ.

އެ ނޯޓުކޮޅުގައި ރައީސް ޔާމީން އެދިލައްވާފައިވަނީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެހެން ނަމަވެސް އެކަމާއިމެދު ގިނަ ސެނެޓުން ދެކޮޅު ހަދާތީއާއި މި މައްސަލައިގާ މަސްރަހު ހޫނުވެފައިވާތީ ޕީޕީއެމް/ޕީއެންސީން އަދި އަންނަނީ އިތުރަށް މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް