ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ކެނޑިޑަސީ މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިއަދު ތިންވަނައަށް އިލްޔާސްގެ ކެނޑިޑަސީ ހުށަހަޅާފައިވާއިރު އިލްޔާސްގެ ރަނިންމޭޓެއްގެ ގޮތުގައި ހުސެން އަމްރު މިއަދު ކަނޑައަޅާފައިވެއެވެ.
މިއަދު އިލްޔާސްގެ އިތުރުން އެމްއެންޕީގެ ކެނޑިޑޭޓް ނާޒިމް އާއި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހްވެސް މިއަދު ކެނޑިޑަސީ ހުށަހަޅާފައިވެއެވެ.
މިހާތަނަށް ތިން ފަރާތަކުން ކެނޑިޑަސީ ހުށަހަޅާފައިވާއިރު ޖޭޕީ، ޕީޕީއެމް، ޕީއެންސީ އަދި ފާރިސްގެ އިތުރުން މުނައްވަރާއި އުމަރު އަދި ކެނޑިޑަސީ ހުށަހަޅުއްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް