ޕީޕީއެމް އިން އިންތިހާބު ބޮއިކޮޓް ކޮށްފިނަމަ އެކަމަކީ ރައީސް ސޯލިހަށް އެންމެ ފުރުސަތު ބޮޑުވާނެ ގޮތް ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން މިއަދު ލީޑަޝިޕް ކުރެން އެދިފައިވާއިރު އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
"އިންތިހާބު ބޮއިކޮޓް ކުރުމަކީ ރައީސް ސޯލިހަށް އެންމެ ފުރުސަތު ބޮޑުވާނެ ގޮތް" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމް ހުރިހާ ބޭފުޅުން އެކަމާ އަދި އިތުރަށް ވިސްނަވާލެއްވުމަށް އެދިލައްވާކަމަށާއި އުންމީދު ނަންގަވާނުލައްވައި ޑިމޮކްރެޓްސް އާއެކު ކުރިއަށް ވަޑައިގަތުމަށްވެސް އެދިލައްވާ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ އެ ރިކުއެސްޓާއިމެދު ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުން މިއަދު ގޮތެއް ނިންމާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް