ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީން ޕީޕީއެމް ޕީއެންސީ ލީޑަޝިޕަށް އަންގަވައިފިއެވެ.
ރައީސް ޔާމީން ލީޑަޝިޕަށް މިކަން އަންގަވާފައިވަނީ ސުޕްރީމް ކޯޓުން ހުކުމް އިއްވި ފަހުން ވަކީލުން މެދުވެރިކުރައްވައި ފޮނުވި ކުރު ނޯޓެއްގައެވެ.
މި ނޯޓު ލިބިފައިވާކަން ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ދުވަހަށް ޔަގީންކޮށްދެއެވެ.
އެނގިފައިވާގޮތުގައި ރައީސް ޔާމީން އަންގަވާފައިވަނީ އެކަމަށް ސެނެޓުން އެދޭނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
މިކަމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ޖޮއިންޓް ސެނެޓްގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވާއިރު ސެނެޓުގެ ބައެއް މެންބަރުން ފާޅުކަންބޮޑުގޮތެއްގައި މިކަމާއި އަންނަނީ ދެކޮޅު ހަދަމުންނެވެ.
އެހެންނަމަވެސް ސެނެޓުން ވަކި ގޮތެއް ނިންމާނީ މިއަދު އެ ބައްދަލުވުމަށްފަހުގައެވެ. އަދި ނިންމާ ވަކި ގޮތެއް ޕީޕީއެމް/ޕީއެންސީން މިއަދު އަންގާނެއެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީން އެދިލައްވާފައިމިވަނީ ރައީސް ޔާމީނަށް އިންތިހާބީ ހައްގު ނެތްކަށް އިލެކްޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް